Tuesday, October 03, 2006

ފ.އަތޮޅު

ފ.އަތޮޅަކީ ރާއްޖޭގައި އޮތް ދެވަނަ އަށް އެންމެ ކުޑަ އަތޮޅެވެ. މިއަތޮޅުގައި މީހުން އުޅޭ 5 ރަށާއި މީހުން ނޫޅޭ 23 ރަށް އޮވެއެވެ. މިއަތޮޅު އޮންނަނީ ދ.އަތޮޅާއި، އދ. އަތޮޅާއި ދެމެދުގައެވެ. މިއަތޮޅަށް ދީފައިވާ އިގިރޭސި އަކުރަކީ އެލް އެވެ. މިއަތޮޅުގެ ވެރިކަން ކުރާ ރަށަކީ ނިލަންދޫ އެވެ. އާބާދީގައި ފަސް ހާސް މީހުން އަދި ހަމަނުވާ މިއަތޮޅުގެ މީހުން ދިރިއުޅުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަން، ދަނޑުވެރިކަން، ފާނައިގެ މަސްވެރިކަން، ވެލިނެގުން، އަދި ރިސޯޓްތަކާއި މާލޭގައި ވެސް މިއަތޮޅުގެ ގިނަބަޔަކު މަސައްކަތް ކުރެއެވެ.